ހަބަރުހުސްވެގެން މާލޭ މަޖީދީމަގަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
އެމީހާ ވެއްޓިފައިވަނީ މާފަންނު ހުދުމާ ކައިރިއަށެވެ. މި މީހާގެ ފޮޓޯތައް މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެ ސަރަހައްދުގައި ފުލުހުންނާއި އެންބިއުލަންސް އެއް ހަރަކާތްތެރިވަމުން އަންނަތަން އެ ފޮޓޯތަކުން ފެނެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ “ފެށުން” ގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެމީހާ މަގުމައްޗަށް ވެއްޓިފައިވަނީ ހަބަރުހުސްވެގެންނެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި، މަގުމައްޗަށް ވެއްޓިފައި އޮތީ ފިރިހެނެކެވެ.
އަދި އެމްބިއުލާންސްގައި އެ މީހާ މިހާރު ވަނީ ހޮސްޕިޓަލަަށް ގެންގޮސްފައެެވެ.