ނިލަންދޫއިން 2 މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންއަށް!

ފ އަތޮޅު ނިލަންދޫއިން 2 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނީ، ފ އަތޮޅު ނިލަންދޫއިން ޕޮޒިޓިވްވެފައިވަނީ 2 ފިރިހެނުން ކަމަށެވެ.

އެއީ 30 އަހަރާއި، 43 އަހަރުގެ 2 ފިރިހެނުން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

އެޗްއީއޯސީން ބުނީ، ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު، އެރަށް މޮނިޓަރިންގއަށް ލެވިފައިވާ ކަމަށެވެ. މޮނީޓަރިންގެ ހާލަތުގައި އޮންނައިރު އެ ރަށަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

ހޯމް ކަރަންޓީނުގައި 14 ދުވަސް ވަންދެން ތިބެންޖެހޭއިރު، ކަރަންޓީނުން ދޫކޮށްލަނީ އެ މުއްދަތު ހަމަވުމުން ހަދާ ޓެސްޓުން އެ ބައްޔަށް އެމީހާ ނެގެޓިވް ވުމުންނެވެ.

މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި އިތުރުވާން ފަށާފައިވާއިރު، ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން މީހުން ރަށްރަށަށް ނުފޮނުވަން މިހާރު ވަނީ ނިންމާފައެވެ.

އަދި މާލެ އަންނަ ދޯނިތަކުން މާލެ، ހުޅުމާލެ އަދި ވިލިމާލެ އަށް އެރުމަށް މާލޭ ސިޓީ ކައުންސިލުން ވަކި ޚާއްސަ ތަންތަނެއް ކަނޑައަޅާނެ ކަމަށާއި އެނޫން ތަންތަނަށް އެ ދޯނިތައް ގާތް ކުރުމާއި މުދާ އަރުވާ ބޭލުން ވެސް މިހާރު ވަނީ މަނާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!