އެޗްޕީއޭ ގެ ގައިޑްލައިން އާއި ހިލާފުވި އަންހެނަކު ހައްޔަރުކޮށްފި

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގަައިޑް ލައިންތަކާއި ހިލާފުވި އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންސްތަކާ ހިލާފުވުމާ ގުޅިގެން 35 އަހަރުގެ ދިވެހި އަންހެނަކު ކޯޓު އަމުރެއްގެ ދަށުން ފޭދޫ އިން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އޭނާ ހިލާފުވެފައިވަނީ އެޗްޕީއޭގެ ކޮން ގައިޑްލައިނަކާއި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!