ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 70 ސަފާރީއަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފި އެވެ.
މިދިޔަ މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަ ފަތުރުވެރިން އަންނަން ފަށާފައިވާއިރު ސަފާރީތަކަށްވެސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފައިވެއެވެ. ނަމަވެސް ސަފާރީތައް އޮޕަރޭޓު ކުރަންޖެހެނީ ޓޫރިޒަމް މިނިސްޓްރީ އިން އެކަމަށް ނަގަންޖެހޭ ހާއްސަ ހުއްދައެއް ނެގުމަށްފަހު އެވެ.
މިހާރު ހުއްދަ ދޫކޮށްފައި ސަފާރީތަކުގެ ތެރޭގައި އަންނަ މަހު އޮޕަރޭޝަން ފަށާނެ ސަފާރީތައްވެސް ހިމެނެ އެވެ.
ސަފާރީތަކަށް ފަތުރުވެރިން ގެނަ ނަމަވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް ބޯޓިން އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.