އަލްހަމްދުލިﷲ، ޔޫންގެ އޮޕަރޭޝަން ކާމިޔާބު

ފިލްމީ ތަރި މުހައްމަދު ޔުނާންގެ އާއި ފާތުމަތު ރިހުލާގެ ދަރިފުޅު، ޔޫން މުހައްމަދު ޔުނާންގެ ހިތުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އާއިލާއިން ބުނެފިއެވެ.

އެކަން ހާމަކޮށް ޔުނާން އިންސްޓަގްރާމް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ޔޫންގެ އޮޕަރޭޝަން ވަަރަށް ކާމިޔާބު ކަމަށެވެ. އަދި ޔޫންގެ ހާލުވެސް ރަނގަޅު ކަމަށް ޔުނާން ބުންޏެވެ.

ޔޫންގެ އޮޕަރޭޝަން ފަށާފައި ވަނީ މިއަދު ހެނދުނު އިންޑިއާ ގަޑިން 8:00 ގައެވެ. އަދި އެއީ އަށް ގަޑިއިރުގެ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ރިހުލާ ބުނެފައި ވެއެވެ. އަދި ބޭނުންވަނީ އެންމެންގެ ހެޔޮ ދުއާ ކަމަށްވެސް އާއިލާއިން ރޭ ބުނެފައި ވެއެވެ.

ޔޫންގެ އޮޕަރޭޝަން ކޮށްފައި ވަނީ، ކޮޗިންގެ ލިސީ ހޮސްޕިޓަލުގައެވެ. ޔޫންގެ އޮޕަރޭޝަން ކޮށްފައި ވަނީ އޭނާގެ ފުރަތަމަ އޮޕަރޭޝަންވެސް ކާމިޔާބު ކަމާއެކު ކުރި، ޑރ. ސުނިލްއެވެ. އަދި ޑރ. ސުނިލްގެ އިތުރުން ޑރ. އެލީނާވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ. ޔޫންގެ އާއިލާއިން ވަނީ މި ދެެ ޑޮކްޓަރުންނަށް ޝުކުރު އަދާކޮށްފައެެވެ.

ޔޫންއަކީ ހިތުގެ މައްސަލަތަކެއް ކުރިމަތިވެފައިވާ “ވަން އަމްބިލިކަލް އާޓްރީ ބޭބީ” އެކެވެ. އޭގެ ސަބަބުން ބަނޑުގައި ކުއްޖާ އޮންނައިރު އޮކްސިޖަން އާއި ލޭ ފޯރު ކޮށްދިނުމަށް ހުރަސް އަޅައެވެ. އަދި އެނޫން ވެސް ކުއްޖާ ހެދި ބޮޑުވުމަށް އެތައް ގޮތަކުން ހުރަސް އަޅައެވެ. އެހެންވެ ކުއްޖާ އުފަންވަނީ ސިއްހީ އެތައް މައްސަލަތަކަކާއެކުގަ އެވެ. މީގެ ކުރިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލްގައި ވެސް ވަނީ ޔޫންގެ ބޮޑު އޮަޕަރޭޝަނެއް ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!