ރާއްޖޭގައި އެއްވެސް ސެޓްފިކެޓެއް ނެތް ފިރިހެނުންގެ އަދަދު 14000 އިން މަތީގައި

ރާއްޖޭގައި ތައުލީމީ އެއްވެސް ސެޓްފިކެޓެއް ނެތް ޒުވާނުން ފިރިހެނުންގެ އަދަދު އަންހެނުންނަށް ވުރެ މަތީގައި އުޅޭ ކަމަށް ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ހެދި ރާއްޖޭގެ ޒުވާނުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިއަހަރުގެ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް މޯލްޑިވްސް އިން ހެދި ރާއްޖޭގެ ޒުވާނުންގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެއްވެސް ސެޓްފިކެޓެއް ނެތް ޒުވާން ފިރިހެނުންގެ އަދަދު 14،280 ގައި އުޅޭއިރު އަންހެނުންގެ ތެރޭގައި އެ އަދަދު އުޅެނީ 10،508 ގައެވެ.

އެ ތަފާސްހިސާބަށް ބަލާއިރު ޒުވާނުންގެ އާބާދީގެ ތެރެއިން އޯލެވެލް ސެޓްފިކެޓުން ފެށިގެން ޑިގްރީއިން މަތީގެ ސެޓްފިކެޓުތަކާއި ހިސާބަށް ތައުލީމީ ގޮތުން އެންމެ މަތީގައި އުޅެނީ އަންހެނުންނެވެ.

އެގޮތުން 24-15 ދެމެދުގެ ޒުވާނުންގެ ތެރެއިން އޯލެވެލް 15،854 އަހެންކުދިން ނިންމާފައިވާއިރު ފިރިހެން ކުދިންގެ ތެރެއިން އޯލެވެލް ފުރިހަމަ ކޮށްފައިވަނީ 14،277 ކުދިންނެވެ. އަދި 35-18 އަހަރާއި ދެމެދު އުމުރުފުރާގެ ތެރެއިން އޯލެވެލް ނިންމާފައިވަނީ އަންހެންގެ އަދަދު 29،555 ގައި އުޅޭއިރު ފިރިހެނުންގެ އަދަދު އުޅެނީ 23،238 ގަ އެވެ.

އޭލެވެލް އަށް ބަލާއިރު 15-24 އަހަރާއި ދެމެދުގެ އަންހެންގެ ތެރެއިން 4942 އަންހެނުން އަދި 3086 އަންހެނުން އޯލެވެލް ނިންމާފައިވާއިރު 34-18 ދެމެދުގެ ޒުވާނުންގެ ތެރެއިން އޭލެވެލް ނިންމާފައިވަނީ 6،266 އަންހެނުންނާއި 5060 ފިރިހެނުންނެވެ.

ޑިޕޮލޮމާއަށް ކިޔަވާދަރިވަރުންނަށް ބަލާއިރުވެސް ގިނައީ އަންހެންކުދިންނެވެ. އޭގެތެރޭގައި 24-15 އަހަރާއި ދެމެދު 4737 އަންހެނުން އަދި 2752 ފިރިހެނުން ހިމެނޭއިރު 34-18 އަަހަރާއި ދެމެދުގެ ޒުވާނުން ތެރެއިން 12596 އަންހެނުން އަދި 6897 ފިރިހެނުން ޑިޕްލޮމާއަަށް ކިޔަވާކަމަށް ދިރާސާ އިން ދައްކަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!