ރޮޒައިނާގެ ރައްދު ނަޝީދަށް: ފުރައްސާރަ ކުރިޔަސް ބުނަން ޖެހޭ އެއްޗެއް ސާބިތުމަކާއެކު ބުނާނަން!

އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒެއިނާ އާދަމްގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އޭނާ ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖެއްގައި ވަނީ ރޮޒެއިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެމްބަރަކު ނުޖެހޭނެ ކަމަށާއި އެކަން ވަރަށް ކަށަވަރު ކަމަށް ވިދާޅުވެފައެވެ.

“އަޅުގަނޑު ވެސް މިއީ ތިޔަހާ ކުޑަކުއްޖެއް ނޫން. ވަކި ޕަވަރ ބޭސް އާއިި ނެޓްވޯކެއް ނުހެދޭނެ. އެމްޑީޕީ އެއް ކައިރި ނުކުރެވޭނެ” ނަޝީދު ވިދާޅުވިއެވެ.

މިކަމަށް ރައްދު ދެއްވައި ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ “ޔެސް ބޮސް” ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ކަމަށެވެ.

“މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ހަމަ ބުނަމުންދާނީ. ވާ އެއްޗެއް ވާނެ” ރޮޒެއިނާ ވިދާޅުވިއެވެ.

މިނިސްޓަރ ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ސޮއި ހޯދުމުގައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ އަޑުތައް ފެތުރެން ފެށި ހިސާބުން ރޮޒައިނާވެސް ވަނީ ފައްޔާޒު އަށް އިތުބާރު ކުރައްވާކަމަށް ވިދާޅުވެ ބަސް ބުނަމުންނެވެ.

އެމްޑީޕީ ތެރޭގައި ފައްޔާޒުގެ އިތުބާރު ނެތްކަމަށް މައްސަލަ ވައްދަން އުޅެން ފެށުމުން ބައެއް މެންބަރުން ވަނީ ފާޅުގައި ފައްޔާޒުއަށް އިތުބާރު ކުރާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވެ، ޕާޓީގެ ގައުމީ މަޖިލިސް ވައިބަރ ގްރޫޕުގައި ރައީސް ނަޝީދު ލިޔުއްވާފައިވާ މެސުޖު ތަކުގެ ސްކްރީންސޮޓްތައް ވަނީ ލީކްވެފައެވެ.

  1. ސާބަސް ރޮޒެއިނާ! ތީ ފިސާރި ކަނބަލެއް. ނުޖެހޭ ބޮޑުވަޒީރެއްކަމަކު އެވައްތަރަށް ތެޅޭކަށް. ޕާޓީގެ ރައީސް، މަޖިލިސް ރައީސް އަދި ބޮޑުވަޒީރު ހާދަ އައްޗި ކޮންނޭ އެ އުޅެނީ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!