ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނާއި ސަފާރީތަކުގެ ކްރޫރިން މީހުން ދިރިއުޅޭ ރަށްރަށަށް ނުފޭބުމަށް ބޯޓިން އެސޯސިއޭޝަނުން އިލްތިމާސް ކޮށްފި އެވެ.
އެޗްޕީއޭގެ ގައިޑްލައިންގައި ބުނާގޮތުން ސަފާރީތަކުގައި ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށަކަށް ނުފޭބޭނެ އެވެ. އަދި އެ ފަތުރުވެރިންނަށް އިތުރު ރިސޯޓަކަށްވެސް ނުދެވޭނެ އެވެ.
މީގެ އިތުރުން ޕީސީއާރު ޓެސްޓު ހެދުމަށްވެސް ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން ރަށްރަށަށް ނުފޭބުމަށް ވަނީ އިލްތިލާސް ކޮށްފަ އެވެ. ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ މީހުން ޕީސީއާރު ޓެސްޓު ހެދުމަށް ހުޅުމާލޭގައި ވަނީ ހާއްސަ ސްޓޭޝަނެއްވެސް ގާއިމްކޮށްފަ އެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ ހުޅުމާލެ ޕީސީއާރު ޓެސްޓިން ސްޓޭޝަނުން ޓެސްޓު ހެދުމަށް ކުރިއާލާ ޕްރީ ބުކިން ހެއްދޭނެ ކަމަށެވެ.
މީގެ އިތުރުން މީހުން ދިރިއުޅޭ ރަށް ރަށުން ސަފާރީތަކަށް މީހުން ނޭރުވުމަށްވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ.