ކޮވިޑުން ރަނގަޅުވި 2 މީހަކު އަނެއްކާވެސް ޕޮޒިޓިވް ވެއްޖެ

މީގެ އެތައް މަހެއް ކުރިން ޗައިނާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ބަލިން ރަނގަޅުވެފައިވާ 2 މީހަކު އަނެއްކާވެސް އެ ބައްޔަށް ޕޮޒިޓިވް ވެއްޖެއެވެ.

މިއާއެކު ކޮވިޑް-19 އަކީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ޖެހޭ، ނުވަތަ އެއް ފަހަރު ބަލިޖެހުމުން ބައްޔަށް އިމުއުނިޓީ ލިބޭ ބައްޔެއް ކަމާ މެދު މިވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.

ޗައިނާއިން 2 ވަނަ ފަހަރަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރި އެކަކީ، ވައިރަހުގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓްކުރި ހޫބޭ ޕްރޮވިންސްގައި ދިރިއުޅެމުންދާ، އުމުރުން 68 އަހަރުގެ އަންހެނެކެވެ. އޭނާއަށް ފުރަތަމަ ފަހަރަށް ކޮވިޑް-19 ޖެހި، ބަލިން ރަނގަޅުވީ މީގެ 6 މަސްދުވަސް ކުރިންނެވެ. 2 ވަނަ ކޭސް ފެނުނީ ޝަންހާއީންނެވެ. ޝަންހާއީން ޕޮޒިޓިވްވެފައިވަނީ ފިރިހެނެކެވެ. އޭނާއަށް ފުރަތަމަ ކޮވިޑް-19 ޖެހި، ރަނގަޅުވީ އޭޕްރިލް މަހުކަމަށް ޚަބަރު ލިބެއެވެ.

2 ވަނަ ފަހަރަށް ކޮވިޑް-19އަށް ޕޮޒިޓިވްވި 2 މީހުންނާ އެކީ އެއްތާވީ އެއްވެސް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ނުވި ނަމަވެސް، އެމީހުން ތިބީ ކަރަންޓީނުގައެވެ.

ކޮވިޑް-19ގެ އިމުއިނިޓީއާ ގުޅޭ ގޮތުން މިހާތަނަށް ހޯދާފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު، ވައިރަހުގެ އަސަރުކޮށް، އެ ވައިރަހާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމުން އުފައްދާ ބާރު، މަދު މަސްކޮޅެއްގެ ތެރޭގައި ކެނޑިދެއެވެ. މިއާއެކު ދެވަނަ ފަހަރަށްވެސް ވައިރަހަށް މީހާ ހުށަހެޅުމުން، އެ ބައްޔަށް އިންފެކްޓް ވުމުގެ ނުރައްކާ އޮވެއެވެ. ނަމަވެސް، މި ބަލިމަޑުކަމުގައި ދެވަނަ ފަހަރަށް މީހަކު އިންފެކްޓްވި ކަމަށް ބާރުދޭން އޮތީ ނިސްބަތުން މަދު މިންވަރެއްގެ ހެކިތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!