އާލިޔާ ބަޓް އަށް ސްޝާތުގެ ސަޕޯޓަރުންގެ ނަފްރަތު ހީނުކުރާހާ ބޮޑަށް

ސްޝާންތުގެ މަރާއި އާލިޔާ ބަޓް އާއި ސީދާ ގުޅުމެއް ނެތްކަމުގައި ވީ ނަމަވެސް، ޗެޓް ޝޯއެއްގައި އާލިޔާބަޓް ސްޝާންތާއި ދިމާލަށް ކިޔާފައިވާ އެއްޗެހިން ސަޕޯޓަރުންގެ ރުޅިވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

މީގެ އިތުރުން ސްޝާންތުގެ ލޯބިވެރިޔާ އާއި އާލިޔާ ބަޓް އާއި އޮންނަ ގުޅުމަކީ މިރުޅިވެރިކަން އިތުރަށް ގަދަވެފައިވާ އެއް ސަބަބެވެ.

ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާއި ބަތަލާ އާއިލާ ބަޓް ފެނިގެންދާ ފިލްމު “ސަޅަކް 2″ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް 7 މިލިއަނަށްވުރެ ގިނަ މީހުން ނުރުހުން ފާޅުކޮށް ޔޫޓިއުބުގައި ޑިސްލައިކް ދީފައިވަނީވެސް ހަމަ މިސަބަބާއި ހުރެއެވެ.

އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އާންމުކުރި އިރު، ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއް ވާކަމަށް ބުނެ ސުޝާންތުގެ ފޭނުން އަންނަނީ މި ފިލްމު ބޮއިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

އެގޮތުން ޓްރެއިލާއަށް މިހާރުވެސް 7.7 މިލިއަން މީހުން “ޑިސްލައިކް” ކޮށްފައިވެއެވެ.

އާލިޔާ ބަޓްގެ ކުރިއަށް ހުރި ފިލްމުތަކަށް ވެސް މިފަދަ ހަމަލާތައް އައުމަކީ ގާތްކަމެއްކަމަށް ބެލެވެއެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!