ޓީޗަރާއި އެކު 10 އަހަރު ކުއްޖެއް ކިޔަވަން އިންދާ މަންމަ ގަޔަށް އޭނާގެ ކުރީ ލޯބިވެރިޔާ ބަޑި ޖަހައި މަރާލައިފި

10 އަހަރުގެ ކުޑަ ސްކޫލް ދަރިވަރެއް ޒޫމް މެދުވެރިކޮށް އޮންލައިން އޭނާގެ ފުރަތަމަ އޮންލައިން ކްލާހުގައި ކިޔަވަން އިންދާ އެ ކުއްޖާގެ މަންމަ ގަޔަށް ބަޑިޖަހައި މަރާލާފިއެވެ. 27 އަހަރުގެ ޑޮނަލްޑް ކިޔާ މީހެއް މިކަން ކޮށްފައިވަނީ 32 އަހަރުގެ މަރިބެލް އާއި އޭނާގެ ކުދިން ދިރިއުޅޭ ގެއަށް ހުއްދަނެތި ވަދެއެވެ. 27 އަހަރުގެ ޑޮނަލްޑް އަކީ މަރިބެލްގެ ކުރީގެ ލޯބި ވެރިޔާ އެވެ.

މެރިބެލް

މިހާދިސާ ހިނގާފައިވަނީ އޭނާގެ 6 ދަރިންގެ ލޯ ކުރިމަތީގައެވެ. މަރިބެލްގެ 10 އަހަރާއި 17 އަހަރާއި ދެމެދުގެ 6 ކުދިން އެވަގުތު ގޭގައި ތިއްބެވެ.

މެރިބަލްގެ 10 އަހަރުގެ އަންހެން ދަރިފުޅު ހެނދުނު 8 ޖެހި އިރު ކްލާސް ކުދިންނާއި ޓީޗަރާއި އެކު އޮންލައިން ކޮށް ކިޔަވަން އިންދައި ގޭތެރޭ އަޑުގަދަކޮށް އަނިޔާ ކުރާއަޑު ޓީޗަރަށް އިވެން ފެށިއެވެ. އިރުކޮޅެއް ތެރޭ 10 އަހަރުގެ އެކުއްޖާ ކަންފަތުގައި ބާރަށް އަތް އެޅިއެވެ. އެއީ ބަޑީގެ އަޑުފަށްގަނޑު އިވެންފެށި ވަގުތެވެ.

ބަޑިޖެހި މަންޒަރު ޓީޗަރަށާއި އޮންލައިން ކްލާހުގައި ތިބި އެހެން ދަރިވަރުންނަށް ނުފެނުނު ކަމުގައި ވިޔަސް، 10 އަހަރުގެ ކުއްޖާ ކިޔަވަން އިން ކޮމްޕިއުޓާރ ސްކްރީނަށް ބާޑީގެ ވަޒަން އެއަށް އެރުމާއި އެކު، ސްކްރީން ނިވި، ކުލާހާއި ގުޅުން ކެނޑުނެވެ.

ޑޮނަލްޑް

ހަމަލާ ދިނުމަށް ފަހު އެމީހާ ވަނީ، ބައިސްކަލެއްގައި ބަސް ސްޓޭޝަނަކަށް ގޮސް ފިލަން މަސައްކަތް ކޮށްފައެވެ. މި މީހާގެ އަމަލުތައް ހުރި ގޮތުން ބަސް ޑްރައިވަރު ވަނީ ފުލުހަށް ރިޕޯޓްކޮށްފައެވެ. އަދި ފުލުހުން ވަނީ ހަމަލާދިން ކަމަށް ބެލެވޭ ބަޑި އޭނާގެ ދަބަހުން ހޯދާފައެވެ.

ޑޮނާލްޑް ވަނީ އޭނާގެ މެރިބަލް މަރާފައިވާކަމަށް އިއުތިރާފް ވެފައެވެ. އޭނާ މި ކުށުގައި ބޭނުން ކުރި ހަތިޔާރަކީ 2015 ވަނަ އަހަރު ކާރެއްގެ ތެރެއިން ވަގަށް ނަގާފައި ވާ ބަޑިއެކެވެ. މިހާދިސާ ހިނގާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!