ކަދުރުގައި ހުރި ފައިދާ އެއް އަދި ނޭންގޭ ދޯ؟

ކަދުރަކީ އިސްލާމް ދީނުގައި މާތް ކުރައްވާފައިވާ މޭވާ އެކެވެ. ކަދުރު މާތްވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ ހަށިގަނޑަށް އެތައް ފައިދާއެއް ކުރާ އެއްޗަކަށްވާތީ އެވެ. ކޮންމެ ވައްތަރެއްގެ ކަދުރަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތައް ލިއްބައިދެ އެވެ. 

ކަދުރުން ލިބޭ ބައެއް ފައިދާތައް

ބަނޑުހިކުން : ކަދުރަކީ އޭގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން “ބަނޑު ސާފުކޮށްދޭ”(Laxative) ކަމަށް ބުނާ މޭވާއެކެވެ. ކަދުރުގައި ފެނަށްގިރޭ ވައްތަރުގެ ފައިބަރާއި، ފެނަށް ނުގިރޭ ވައްތަރުގެ ފައިބަރު ވެސް ހިމެނެއެވެ. މިސަބަބާހުރެ ކަދުރަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުން ބޭނުންކުރަން ރަގަޅު އެއްޗެކެވެ. 

ކެންސަރުން ދުރު ކޮށްދޭ: ކަދުރުގައި ހިމެނޭ އެޕިޖެނިން ކިޔާ މާއްދާ އަކީ ކެންސަރ ސެލް ތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާއަކަށް ވުމުން ކެންސަރު ޖެހުމުގެ ނުރައްކަލުން ރައްކާތެރި ކޮށްދެއެވެ. އަދި ހަމަ އެހެންމެ ކަދުރުގައި ހިމެނޭ އެންޓިއޮކްސިޑެންޓް މާއްދާ ތަކާއި އެންޓިއިންފްލެމެންޓްރީ މާއްދާ ތައް އަދި އެންޓިކާރސިނޯޖެން މާއްދާތަކަކީ ވެސް ކެންސަރުގެ ނުރައްކަލުން ހަށިގަނޑު ދިފާއު ކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކޮށްދޭ މާއްދާތަކެކެވެ. ފުރަގަސްފަރާތަށް ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމުން ދުރުވެ ހުރުމަށް ކޮންމެ ދުވަހަކު ތިން ކަދުރު ކާށެވެ.

ލޭ ސާފުކޮށްދޭ: ކަދުރުގައި ހިމެނޭ މާއްދާތައް ކަމަށްވާ އަޔަން، މެގްނީޒިއަމް، މެންގަނީޒް، ޒިންކް، ކޮޕާ، ފޮލިކް އެސިޑް، ޕެންޓޮތެނިކް އެސިޑް އަދި ނިއަސިންއިން ލެއަށް ގިނަ ފައިދާތަކެއް ކޮށްދެ އެވެ. ލޭގެ ދައުރުވުމާ، ލޭ ސެލްތަކުން އޮކްސީޖަން ނަގައިގަންނަ ވަރު އިތުރުކޮށްދެ އެވެ.

އެލާޖީތަކުންނާއި ބަލިބަލިން ދުރު ކޮށްދޭ: ކަދުރުގައި ހިމެނޭ މެގްނީޒިއަމް އަކީ އެންޓިއިންފްލެމެންޓްރީ މާއްދާ އެކެވެ. އެންޓިއިންފްލެމެންޓްރީ މާއްދާތަކަކީ ހަށިގަނޑުގައި ހުންނަ ދުޅައިގެ ސަބަބުން ޖެހޭ ބަލިތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކަކެވެ. ނަތީޖާ އަކަށްވަނީ އަލްޒެއިމަރސް ބަލި (ހަނދާން ނެތޭ ބަލި)، ހިތުގެ ބަލި އަދި އާރތްރައިޓިސް ފަދަ ބަލިބަލިން ހަށިގަނޑު ދިފާއު ކޮށްދިނުމެވެ.

މާބަނޑު މީހުންނަށް އަދި ގާތުންދޭ މައިންނަށް: ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. ހަމައެހެންމެ ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ.

އަޅުގަނޑުމެން ދިވެހިން އާންމު ގޮތެއްގައި ކަދުރު ބޭނުން ކުރަނީ ރޯދަމަހުއެވެ. ނަމަވެސް ކަނދުރަކީ އެ މެވާއިން އެތަށް ފައިދާ އެއް ލިއްބައިދޭ މޭވާ އަކަށް ވާއިރު، ކޮންމެ ދުވަހަކުވެސް އާދަވެގެން ކަދުރު ކެއުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިންމު މޭވާއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!