ކުރީގެ ދެ ފިނޭންސް މިނިސްޓަރުންނަށް ދައުވާ ކޮށްފި

ހަތް ރިސޯޓެއް ޖޮއިންޓް ވެންޗަރ[ޖޭވީ]ގެ ގޮތުގައި ދިން މައްސަލައެއްގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ދެ ފިނޭންސް މިނިސްޓަރުންނަށް ދައުވާ ކޮށްފި އެވެ.

އޭސީސީން ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޖިހާދުއާއި، މުނައްވަރުގެ އިތުރުން ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް ޙުސައިން ޟިރާރު މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ.

އޭސީސީން ވިދާޅުވީ އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ ޓޫރިސްޓް ރިސޯޓު ތަރައްޤީކުރުމަށްޓަކައި ވެފައިވާ ޖޮއިންޓް ވެންޗަރ އެއްބަސްވުންތަކުގެ ދަށުން ދިވެހި ސަރުކާރުގެ ހިއްސާ އެކުލެވޭގޮތަށް ސޮއިކޮށްފައިވާ 7 އެއްބަސްވުމެއްގައި، އެ އެއްބަސްވުމުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަށުގެ ޑިވެލޮޕްމަންޓް ފޭސް ފުރިހަމަވުމުން، އެއްބަސްވުމުގައި ހިމެނޭ އަމިއްލަ ޙިއްސާދާރަށް، ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށް، ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއިނުލާ ދޫކޮށްލަން ލާޒިމްވާގޮތަށް ‘ޕުޓް-ރައިޓް އޮޕްޝަން’ ހިމަނާފައިވާކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ކަމަށެވެ.

އޭސީސީން ވިދާޅުވީ ޕީޖީގައި އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއާއި، އެ ޤާނޫނުގެ ދަށުން ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ދަޢުލަތުގެ މުވައްޒަފަކަށްވެހުރެ ރަސްމީ ހައިސިއްޔަތުން އޭނާގެ ވާޖިބު އަދާކުރުމުގައި އެނގިހުރެ، ޤާނޫނުގައި ހުއްދަކޮށްފައި ނުވާކަމެއް ކޮށްފައިވާކަމުގެ ދަޢުވާއާއި، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ ދަށުން ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަޤްޞަދުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ތިން ބޭފުޅުންގެ މައްޗަށް ކޮށްދިނުމަށް ކަމަށެވެ.

ތިލަދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށްދޫކުރުމަށް، ސޮއި ކޮށްފައިވަނީ 04 އޮކްޓޫބަރު 2016 ގައި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި އަމިއްލަ ކުންފުންޏަކާއެކު ޖޮއިންޓު ވެންޗަރ އެގްރީމެންޓުގެ ގޮތުގަ އެވެ. އެ އެގްރިމެންޓުގައި “ޕުޓް-އޮޕްޝަން ރައިޓް” މާއްދާ ހިމަނާފައިވީ ނަމަވެސް، އެ މާއްދާއިން ޖޮއިންޓު ވެންޗަރ އެގްރީމެންޓުގައި ހިމެނޭ އަނެއް ހިއްސާދާރަށް ސަރުކާރުގެ ހިއްސާ އެއްވެސް އަގަކާއި ނުލައި ވިއްކާލުމުގެ އިޚްތިޔާރު ދީފައިނުވާ ކަމަށް އޭސީސީއިން ބުނެއެވެ.

ތިލަދޫ ފިޔަވައި އެހެން ހަ ރަށްތަކަކީ ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ގާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތުގެ ދަށުން އާންމު އިޢުލާނުކޮށްގެން ރަށްތަށް ކުށްޔަށްދިނުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓު ވެންޗަރ އެގްރީމެންޓުތަކެއްގެ ދަށުން ހަދާ ޖޮއިންޓު ވެންޗަރ ކުންފުނިތަކާއެކު ލީސްއެގްރީމެންޓް ހަދައިގެން ކުއްޔަށްދޫކޮށްފައިވާ ރަށްތަކެއްކަމަށް އޭސީސީގެ ތަހުގީގުން ހާމަ ވެއެވެ. އަދި އެރަށްތަކަށް ލީސް އެކުއިޒިޝަންގެ ގޮތުގައި ދައްކަންޖެހޭ ފައިސާސަރުކާރަށް ދައްކާފައިވީނަމަވެސް، ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިސްނާ ޙާލަތަކީ އެ ޙާލަތުގައި ސަރުކާރު ހިއްސާވާގޮތަށް އުފައްދާ ޖޮއިންޓް ވެންޗަރގެ ދަށުން ޓޫރިސްޓް ރިސޯޓުތައް އޮޕަރޭޓްކުރަން ފެށުމުން ސަރުކާރަށް ލިބޭ ކުލީގެ އިތުރުން، ސަރުކާރުން ކުރާ އިންވެސްޓްމަންޓްގެ ބަދަލު ލިބިލިބި ހުރުމުގެ މުޤާބިލުގައި ދެވޭ އިސްތިސްނާއެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އޭސީސީއިން ބުނީ ކުއްޔަށްދޫކުރާ ރަށުގެ ކޮންސްޓްރަކްޝަން އެންޑް ޑިވޮލޮޕްމަންޓް ފޭސް ފުރިހަމަ ވުމުން ޖޮއިންޓް ވެންޗަރ ކުންފުނިތަކުގައި ހިމެނޭ ސަރުކާރު 5 ޕަސެންޓްގެ ހިއްސާ ޖޮއިންޓް ވެންޗަރ ކުންފުނީގައި ހިމެނޭ އަމިއްލަ ހިއްސާދާރަށް އެއްވެސް އަގަކާއިނުލާ ބަދަލުކުރޭވޭނެ ގޮތަށް “ޕުޓް-އޮޕްޝަން ރައިޓް” ހިމަނާފައިވަ ކަމަށެވެ. އަދި ޖޮއިންޓް ވެންޗަރ އެގްރީމެންޓުތަކުގައި”ޕުޓް-އޮޕްޝަން ރައިޓް” ”މާއްދާ ހިމަނާފައިވަނީ ބައެއް އިންވެސްޓަރުންނާ އެއްކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން މަޝްވަރާކޮށްގެން އެ މާއްދާ ހިމެނުމަށް އެއްބަސްވެގެންކަން ބައެއް ރަށްތަކަށް އިންވެސްޓަރުން ހުށަހަޅާފައިވާ ސިޓީތަކުން އެނގެން އޮންނަ ކަމަށެވެ.

ލިރާރުގެ މައްޗަށް ދައުވާ ކޮށްފައިވަނީ އޭސީސީއިން ބުނި ގޮތުގައި ތިލަދޫ އާއި ހުރަސްފަރާއި ނާއިންފަރު ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކޮށް ހިންގުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީ އާއި އަމިއްލަ ކުންފުންޏަކާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގައި އޭނާ ސޮއިކޮށްފައި ވާތީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!