ކަރާ ނުފަޅާ އެ ކާން ދަސްކޮށްބަަލަ!

އެއްޗެއް ކާން ފެށުމުގެ ކުރިން އަހަރެމެން ވިސްނަނީ ގިނަފަހަރަށް އެ އެއްޗެއް ކާނެ ފަސޭހަގޮތެއް ނޫނީ މީރުގޮތަކަށެވެ. އެހެން ނަމަވެސް އާއްމުކޮން ކައި އުޅޭ ތަކެތީގެ ތެރެއިން ބައެއް އެއްޗެހި ކެވެނީ އެންމެ ފަސޭހަ އަދި ރަގަނޅުގޮތަށްބާއެވެ. ބަލާލަމާ ހިގާށެވެ.    

ޓޯމާޓޯ  އަދި މޭބިސްކަދުރު ކެއުމުގެ ކުރިން ކުޑަކޮށް ފިތާލާފައި ތޫނުވަޅިއަކުން ފޮތިކުރުން ވަރަށް މުހިއްމެވެ. އޭގެން ލިބެންޖެހޭ ހުރިހާ ފައިދާއެއް ހަށިގަނޑަށް ލިބޭނީ އޭރުންނެވެ.

ލުނބޯ އަކީ އެންމެ ގިނައިން ބޭނުން ކުރެވޭ އެކަތި ކަމުގައި ވާނެއެވެ. އެހެނަސް ލުބޯ ތި ކެވެނީ ރަނގަޅު ގޮތަށްހެއްޔެވެ.

ކިވީ ފުރުޓް އަދި އެވަކާޑޯ ކެއުމުގެ ކުރިން ތޮށި މެށުމަކީ މުހިއްމު ކަމެއްނޫނެވެ. ފަޅާލާފައި ސަމްސަލަކުން ރީތިކޮށް ކަހާލެވޭނެއެވެ. އެންމެ ފައިހުރި އަދި އެންމެ ފަސޭހަގޮތަކީވެސް އެއީއެވެ.

އަންނާރު ކާން ފަސޭހަވާނެހެން ފަޅަން ނޭގި އޭގެ އެންމެ ފައިދަހުރި ދިޔަކޮޅު ފައިބައިގެންދާ ފަހަރު ވަރަށް ގިނައެވެ. އަންނާރު ފެޅުމަށް އަންނާރުގެ މަތި އަދި ފުލުން ތޮށިގަނޑު ކަޑާލާށެވެ. ދެން ހަތަރު ފަރާތަށް ވާނެހެން ތޮށިގަނޑުގައި ކުޑަކޮށް ވަޅި އަޅާލާށެވެ. އޭރުން އަތުން ރީތިކޮށް ފަޅިކޮއްލެވޭނެއެވެ.

ކަރާ ކެއުމަށްވެސް ފަސޭހަ ގޮތެއް އަދި އުދަނގުލަކާ ނުލާ ކާލެވޭނެ ގޮތެއް އެބައޮތެވެ. ކަރާފޮތީގެ ދެ ކޮޅުން ތަންކޮޅެއް ބުރިކޮއްލާށެވެ. ކެއުމަށް ފަސޭހަވެއެވެ.

 ކާލުމަށްވެސް ފަސޭހަ މިގޮތްތަކަކީ ވަގުތު ސަލާމަތްކުރުމަށްވެސް  އެގިފައިހުރުމުން ވަރަށް މުހިއްމުކަންކަމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!