އަވަސް އަވަހަށް ރޯގާޖެހުމަކީ ހަށިގަނޑުގައި ހަކުރުގެ ބައި ގިނަވާކަން އަންގައިދޭ ނިޝާނަކަށް ވެދާނެ

ހަކުރަކީ ނުވަތަ ފޮނި ކާތަކެއްޗަކީ ގިނަ ބަޔަކަށް މީރު އެހެން ނަމަވެސް މާގިނައިން ބޭނުންކުރެވޭނަމަ އޭގެ ނުރަނގަޅު އަސަރު ހަށިގަނޑަށް ކުރާ އެއްޗެކެވެ. ހަކުރުބަލީގެ ޝިކާރައަކަށްވުމާއި ހަށިގަނޑު ފަލަ ވުމަކީ އެކަންކަމުން އަރައިގަންނަށް އުދަނގޫ ބޮޑެތި މައްސަލަތަކެވެ. މިފަދަ ބައްޔަކަށް ތިމާ ހުށައެޅުމުގެ ކުރިން ގިނައިން ހަކުރު ބޭނުންކުރެވޭތޯ ނޫންތޯ ޔަޤީން ކޮއްލެއްވުމަށްޓަކައި ތިރީގައި އެވާ ނުކުތާތަށް ކިޔާލާށެވެ.

  • ހަކުރު ހުންނަ ބާވަތްތަށް މާގިނައިން ކެވޭނަމަ ވައިގެ އުދަނގޫވުން ވަރަށް ގާތެވެ. އެއީ ހަކުރުގެ ސަބަބުން ހަޖަމުކުރުމުގެ ނިޒާމަށް އަންނަ ލަސްކަމެއްގެ ސަބަބުން ބަނޑުގައި ވައި އުފެދުމަކީ ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ.
  • އަވަސް އަވަހަށް ރޯގާޖެހުމާއި އާއްމު ބަލިތަކަށް ހުށައެޅުމަކީ ހަށިގަނޑުގައި ހަކުރުގެ ބައި ގިނަވާކަން އަންގައިދޭ ނިޝާނަކަށް ވެދާނެއެވެ. އެއީ ހަށިގަނޑުގައި ހަކުރު ގިނަވާނަމަ ދިފާއީ ނިޒާމުގެ މަސައްކަތް ދައްކޮއްލައެވެ. މިކަމުގެ ސަބަބުން އަވަސް އަވަހަށް ރޯގާޖެހުން ވަރަށް ގިނަ ފަހަރަށް ދިމާވެއެވެ.
  • ކާއެއްޗެސް އިތުރަށް ފޮނިކުރަން ބޭނުންވުން ނޫނީ ފޮނިއެއްޗެހި އިތުރަށް ކާން ބޭނުންވުން އެއީ ދިމާވާނެ މައްސަލައެކެވެ. މާގިނައިން ފޮނިތަކެތި ކެއުމުން ހަށިގަނޑު އެގޮތަށް ހޭނެއެވެ. ހޭނުމުން އެވަރަށް ހަށިގަނޑަށް ހަކުރު ބޭނުންވާނެއެވެ. ނޫނީ އިތުރަށް ބޭނުންވެއެވެ.
  • ހަށިގަނޑު ވަރުބަލިވެ މަސްގަނޑު އަދި ހުޅު ހުޅުގައި ރިއްސާކަން ފާހަގަވާނަމަ ހަކުރު ހުރިތޯ ޓެސްޓް ކޮއްލުން ވަރަށް މުހިއްމެވެ. އެއީ ހަށިގަނޑުގައި ހަކުރުގެ ބައި ގިނަވާނަމަ ހަށިގަނޑުގައި އުފެދޭ ގުލްކޯޒްގެ ސަބަބުން މީހާ ވަރުބަލިކޮއްލާ ތަންތަނުގައި ރިއްސުންފަދަ އުދަނގޫތަށް ކުރިމަތިވެއެވެ.
  • ބަރުދަން ބަރުވާން ފެށުމަކީ ގިނަ ބަޔަކަށް ހަކުރުގެ ބައި ގިނަވާކަން ފާހަގަވެ އެބައި ދައްކުރުމަށް މަސައްކަތްކުރާ ހިސާބެކެވެ. ލާން ގެންގުޅޭ ހެދުން ނުވަތަ ޖިންސުފަދަ އެއްޗެހި ބާރުވާކަން ފާހަގަކުރެވުމަކީ ހަށިގަނޑު ފަލަވާކަން ފާހަގަކުރެވޭ ކަމެކެވެ. އެއީ ހަކުރުގެ ސަބަބުން ދިމާވާ ކަމަކަށް ވުން ވަރަށް ގާތެވެ.
  • ފޮނިކާތަކެތި ކެއުމުން ދަތުގައި ހަރުލާފައި ހުންނަ ހަކުރުގެ ސަބަބުން ދަތް ފަނިކެއުމާއި ކެވިޓީސް ފަދަ ދަތުގެ ބަލިތަކަށް މަގުފަހިވެއެވެ. މިކަން އާއްމުކޮށް ފެންނަނީ ކުޑަކުދިންގެ ފަރާތުންނެވެ. ކައިގެން ރަގަނޅަށް ދަތް ނުއުގުޅޭނަމަ މި މައްސަލަކުރިމަތިވެއެވެ. ދަތްތަކުގައި މިކަހަ މައްސަލަތަށް އުޅޭނަމަ ގިނައިން ފޮނިކާތަކެތި ކެވެނީ ކަމަށްވެދާނެއެވެ.

މިއިން ކޮންމެ ކަމަކީވެސް ބޮޑެތި މައްސަލަތަކެކެވެ. ވިސްނަންވީ ކަމަކީ މިފަދަ ކަނތަށްތަކުން ދުރުވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފޮނިތަކެތި ބޭނުންކުރުމާއި ދުރުވުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!