ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު އަދިތިޔާ ރޯއީ ކަޕޫރު އާއި ބަތަލާ އާއިލާ ބަޓް ފެނިގެންދާ ފިލްމު “ސަޅަކް 2″ގެ ޓްރެއިލާ އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް 7 މިލިއަނަށްވުރެ ގިނަ މީހުން ނުރުހުން ފާޅުކޮށްފިއެވެ.
އާލިއާގެ ބައްޕަ މަހޭޝް ބަޓް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޓްރެއިލާ އާންމުކުރި އިރު، ސުޝާންތު ސިންހް ރާޖްޕުތްގެ މަރުގެ ފަހަތުގައި މަހޭޝް ބަޓްގެ އަތެއް ވާކަމަށް ބުނެ ސުޝާންތުގެ ފޭނުން އަންނަނީ މި ފިލްމު ބޮއިކޮޓްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.
އެގޮތުން ޓްރެއިލާއަށް މިހާރުވެސް 7.7 މިލިއަން މީހުން “ޑިސްލައިކް” ކޮށްފައިވެއެވެ.
ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.