ކޮންޓެކްޓުންގެ ތެރެއިން ޓެސްޓު ކުރާނީ ޢުމުރުން 65 އަހަރުން މަތީގެ މީހުން: ޑރ ނަޒްލާ

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން 14 ދުވަސް ހަމަނުވަނީސް ބައްޔަށް ޓެސްޓްކުރާނީ ޢުމުރުން 65 އަހަރުން މަތީގެ މީހުންގެ އެކަނިކަމަށް ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޕޮޒިޓިވްވާ މީހަކާއި ދިމާވެފައިވާ ކޮންމެ މީހަކު ކޯވިޑަށް ޓެސްޓް ނުކުރާނެކަމަށެވެ.

އެގޮތުން ކަރަންޓީން ފުރިހަމަކުރަންޖެހޭ މީހެއްނަމަ އެމީހަކު ބައްޔަށް ޓެސްޓުކުރާނީ 14 ދުވަހުގެ މުއްދަތު ހަމަވުމުން ކަމަށާއި، ނަމަވެސް ޢުމުރުން 65 އަހަރުން މަތީގެ މީހުންނާއި، ދާއިމީ ބައްޔަކަށް ފަރުވާ ހޯދަމުންދާ ބަލީގެ ނުރައްކާ ބޮޑު މީހުން 14 ދުވަސް ހަމަނުވިޔަސް ޓެސްޓްކުރާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވިދާޅުވީ، ބައެއް މީހުން ކަރަންޓީން މުއްދަތު ހަމަވުމުގެ ކުރިންވެސް ބައްޔަށް ޓެސްޓްކުރާކަމަށާއި، އެމީހަކު ބައްޔަށް ޓެސްޓްކޮށް ނަތީޖާ ނެގެޓިވްވީނަމަވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށެވެ. އަދި 14 ދުވަސް ހަމަވުމުން ނަގާ ސާމްޕަލް ނެގެޓިވްވެއްޖެނަމަ އެމީހަކު ކަރަންޓީނުން ދޫކޮށްލާނެކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!