މަނާ ގަޑީގައި ބޭރުގައި އުޅުނު 65 މީހަކާއި މާސްކު ނާޅައި އުޅުނު 53 މީހަކު ޖޫރިމަނާކޮށްފި

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަނާ ގަޑީގައި ބޭރުގައި އުޅުނު 65 މީހަކާއި މާސްކު ނާޅައި އުޅުނު 53 މީހަކު ޖޫރިމަނާކޮށްފިއެވެ.

އެޗްއީއޯސީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ފާއިތުވި 24 ގަޑިއރު ތެރޭ މާސްކު ނާޅާ އުޅުނު 83 މީހަކަށް އަދި މަނާ ވަގުތު ބޭރުގައި އުޅުނު 94 މީހަކަށް ނަސޭހަތްވެސް ދީފައިވާ ކަމަށެވެ. އަދި މަނާ ގަޑީގައި ބޭރުގައި އުޅުނު 65 މީހަކާއި މާސްކު ނާޅައި އުޅުނު 53 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ބޭރު ތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކު ނާޅައި އުޅޭ ފަރާތްތައް 1،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ފަށާފައެވެ.

މާސްކު އެޅުން މަޖުބޫރުކޮށްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށްވާއިރު، އެޗްޕީއޭ އިން ބުނީ އާންމު ތަންތަނުގައި މާސްކު އަޅާއިރު އަނގައާއި ނޭފަތް އަދި ދަތްދޮޅި ނިވާވާން ވާނެ ކަމަށެވެ.

ނަމަވެސް އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި ކަސްރަތު ކުރާ ވަގުތުގައި ކަސްރަތު ކުރާ މީހުން އަދި އެހެން މީހެއްގެ އެހީއާ ނުލާ މާސްކް އަޅައި، ނުނެގޭ މީހުން މި އެންގުމުން އިސްތިސްނާ ވާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!