މާލޭގައި މީހެއް ގަޔައް ވަޅި ޖަހަ ޒަހަމް ކޮށްލައިފި

މާލޭގައި މީހެއް ގަޔައް ވަޅި ޖަހަ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ އަމީނީމަގު، ވިޔަފާރިވެރިންގެ މިސްކިތް ކައިރީ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިފައިވާ މައްސަލައެއް މިރޭ 10:34 ހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީ ފޭރިފައިވަނީ ދެ ސައިކަލެއްގައި ދިޔަ ބަޔަކު ކަމަށް ފުލުހުން ބުނެއެވެ.

އަދި ހަމަލާ ދިނުމުގެ ސަބަބުން އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗަށް ގެންގޮސް މިހާރު ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!