މިއަދު 128 މީހުން ޕޮޒިޓިވް ވެއްޖެ

24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 128 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 127 މީހުންނަކީ މާލޭ ސަރަހައްދުން ޖެހުނު މީހުން ކަމަށައި އަނެއް މީހަކީ އެހެން ރަށަކުން ޕޮޒިޓިވްވެފައިވާ މީހެއް ކަމަށެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭ ހިމެނެނީ ބަންގްލަދޭޝްގެ 35 މީހަކާއި 4 ސްރީލަންކާ މީހުންނާއި އިންޑިއާގެ 4 މީހަކާއި ނެޕާލީސް 2 މީހެކެވެ. ދެން ހިމެނެނީ 83 ދިވެހިންނެވެ.

  • ރާއްޖެއިން މިހާތަނަށް ޖެހުނީ: 5494
  • 21 މީހަކު ވަނީ މަރުވެފައި
  • 2920 މީހަކު ރަނގަޅުވެފައި
  • އެކްޓިވް ކޭސްތަކުގެ އަދަދަކީ 2553
  • ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ 156
  • މިހާތަނަށް ނަގާފައިވަނީ 93،098 ސާމްޕަލް

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!