މިއަދު ނިޔާވި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިރޭ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެވުނު އުމުރުން 83 އަހަރުގެ ފިރިހެނަކު ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށާއި އޭނާ ޓެސްޓް ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ، އެމީހާގެ ކިބައިގައި ނިޔާވިއިރު، ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ނެތްކަމަށާއި، އަދި އެމީހާގެ މަރަކީ ކޯވިޑް-19ގެ މަރެއްގެ ގޮތުގައި ގުނުމާއި މެދު އަދި ވަކިގޮތެއް ނުނިންމާ ކަމަށެވެ.