މުންޑޫ އާދަމް ހަލީމަށް ކުރާ ތުހުމަތައް ފުލުހުން ބަލަން ފަށައިފި

ރާއްޖޭގެ 19 މީޑިއާއަކުން 73 ނޫސްވެރިން ސޮއިކޮށް، އަވަސް ނޫހުގެ ޗީފް އެޑިޓަރު އާދަމް ހަލީމް (މުންޑޫ)އާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ފުލުހުން މައްސަލަ ބަލަން ފަށައިފިއެވެ.

“އަވަސް އޮންލައިން”ގެ ޗީފް އެޑިޓަރުގެ މަގާމުގައި މުންޑޫ ހުރެ އެނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ކަމަށް ބުނާ ފަރާތްތަކުން ވަނީ އެ ވާހަކަތައް ޓްވިޓާގައި އާންމުކޮށް ހާމަކޮށްފައެވެ. ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާގެއްގައި ހުރި ފަރާތަކާ މެދު އެކަކަށް ވުރެ ގިނަ ފަރާތުން މިފަދަ ތުހުމަތުތަކެއް ކުރުމަކީ ނޫސްވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެއްކަމަށް ޕެޓިޝަންގައި ބުނެފައި ވެއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހެޅި، ތުހުމަތު ކުރާ ކަންތައްތަކާއި ގުޅޭ ގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!