މިއަދަކީ ދިވެހިރާއްޖެ އާއި އިންޑިއާ ގުޅުމުގައި ފާހަގަ ކޮށްލެވޭ ދުވަަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން 250 މިލިއަން ޑޮލަރުގެ އެހީއެއް މިއަދި ވަނީ ރާއްޖެއަށް ދެއްވާފައެވެ.
މީގެ އިތުރުން މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދަން 500 މިލިއަން ޑޮލަރުގެ އެހީއެއްވެސް ވަނީ ދެއްވާފައެވެ.
އިންޑިއާއިން މިއަދު ރާއްޖެއަށް ދޭން ނިންމި ބޮޑެތި މާލީ އެހީތަކާ ގުޅިގެން ރައީސް ވިދާޅުވީ މިއަދަކީ ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ފާހަގަކޮށްލެވޭ ދުވަހެއް ކަމަށެވެ. ރައީސް ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި، އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.