ނައިފަރު މޮނިޓަރިން އުވާލައިފި

ޅ.ނައިފަރު މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

ނައިފަރު “މެގަ އާރު” ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން އެ ރަށް މޮނީޓަރިންގއަށް ލީ އިއްޔެ ހެނދުނު 10:57 ގައެވެ.

ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް ވިދާޅުވީ ނައިފަރު މޮނިޓަރިންގެ ހާލަތުން އެޗްޕީއޭއިން ނަގާފައިވާ ކަމަށެވެ.

ކާރިމް ވިދާޅުވީ މޮނިޓަރިންގެ ހާލަތުން ނަގާފައިވީ ނަމަވެސް އެޗްޕީއޭއާއި ކަމާގުޅޭ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލަނބަން ވާނެކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!