މުހައްމަދު ނަޝީދަކީ ކާކު، ކީއްކުރާ މީހެއްކަން މާލޭ ރައްޔިތުނަން އެނގޭނެ: ނަޝީދު

މުހައްމަދު ނަޝީދަކީ ކާކު، ކީއްކުރާ މީހެއްކަން މާލޭ ރައްޔިތުނަން އެނގޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ “ރަަށްވެހި ފަތިސް ލަންކާ” އެ ނަމުގައި ހަދާފައި އޮންނަ ސިޔާސީ އެކި ވާހަކަތައް ދެކެވޭ ވަޓްސްއެޕް ގްރޫޕެއްގައި ބޭފުޅަކު ޖެއްސެވި މެސެޖަކަށް ދެއްވި ރައްދެއްގިއެވެ.

އެ މެސެޖަކީ ރައީސް ނަޝީދު މީގެކުރުން ޕޯޑިއަމްއެއްގައި ދައްކާވަފައިވާ ވާހަކަތަކެއްގެ ވީޑިއޯ “އެކޮޅު ކޮޅުން” ޖެހުމަށްފަހު މީހަކު ކުރި ޕޯސްޓެކެވެ. އެ ވީޑިއޯގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ކުޑަވެސް ލަދެއް ހަޔާތެއް ހުރިނަމަ މާލޭގެ ރައްޔިތުންގެ ކުރިމައްޗަކަށް ނުނިކުންނާނެ ކަމަށެވެ.

“އަޅުގަނޑު އަބަދުވެސް ނުކުންނާނެ! އަދި މާލޭ މީހުންނަށް މިއީ ކޮން ކަމެއް ކުރާ ކާކުކަން އެނގޭނެ. މާލޭ މީހުންނަށް ކޮށްދިން ކަމެއް ދެންވެސް ކޮށްދޭނީ އަޅުގަނޑު ކުރީގައި ހުރެގެން… އަޅުގަނޑު ވެސް މާލޭ މީހުން ދަންނަން،” ރައީސް ނަޝީދު އެއަށް ރައްދު ދެއްވައި ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!