އެން95 މާސްކަށް އިތުރު 1 ލައްކަ ޑޮލަރު ހޭދަކުރި: ކޮވިޑް-ޓޫރިޒަމް އޮޑިޓް

ކޮވިޑް-19އިން ރައްކާތެރިވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ދަށް ފެންވަރުގެ އެން95 މާސްކަށް އެ މިނިސްޓްރީން އިތުރު 1 ލައްކަ ރުފިޔާ ހޭދަކުރި ކަން ހާމަވެއްޖެއެވެ.

ކޮވިޑް-19ގެ ސަބަބުން މިނިސްޓްރީ އޮފް ޓޫރިޒަމުން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު މިއަދު އާންމުކޮށްފައިވާއިރު މި ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅުގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑް އިން ޚަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ، ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށާއި އެ ކަންކަން ކުރުމުގެ ޒިންމާއާ ޙަވާލުވެފައިވާ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް އެބަހުރި ކަމަށެވެ.

އެގޮތުން ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް ބުނެފައިވެއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިތީ (އެންޑީއެމްއޭ) އިން އެ މިނިސްޓްރީއަށް ބޭނުންވާ ސިއްހީ އާލަތްތަކުގެ ލިސްޓެއް ބޭނުންވާ އަދަދާއެކު ފޮނުވާފައިވީ ނަމަވެސް އެންޑީއެމްއޭއިން އެދުނު ގިނަ ތަކެތި އެ މިނިސްޓްރީން ހޯދައި ދީފައެއް ނުވެއެވެ. އެމްޑީއެންއޭއިން އެން95 މާސްކުގެ 3000 މާސްކަށް އެދިފައި ވާއިރު، މިނިސްޓްރީން ވަނީ އިތުރަށް 17،000 މާސްކު ގަނެ، އެކަމަށް އިތުރު 136،000 ޑޮލަރު ހޭދަކޮށްފައެވެ.

މީގެއިތުރުން އެމްޑީއެންއޭއިން ލާޖް، މީޑިއަމް އަދި ސްމޯލް ތިން ސައިޒުގެ ހަޒްމަޓް ސޫޓަށް އެދިފައި ވާއިރު ޓޫރިޒަމް މިނިސްޓްރީން ވަނީ އިތުރު 2000 ހަޒްމަޓް ސޫޓް ގަނެ، އެކަމަށް އިތުރުން 80،000 ޑޮލަރު ހޭދަ ކޮށްފައެވެ.

ހަމައެހެންމެ އެންޑީއެމްއޭއިން ބޭނުންވާ ސިއްހީ އާލަތްތަކުގެ ލިސްޓުގައި ބުނެފައިވާ ގިނަ ތަކެތި ޓޫރިޒަމް މިނިސްޓްރީން ހޯދައިދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، 1500 އެޑަލްޓް ނޮން-ބްރީދަބަލް މާސްކް ވިތް ރިޒަވޮޔާ ބޭގް، 500 ޕީޑިއެޓްރިކް ނޮން ބްރީދަބަލް މާސްކް ވިތް ރިޒަވޮޔާ ބޭގް، 100 ހުޑް ފޯ ހަޒްމަޓް ސޫޓްސްގެ އިތުރުން ފިޝާ އެންޑް ޕޭކެލެ ބްރޭންޑުގެ 20 ހައި ފްލޯ އޮކްސިޖަން ނޭޒަލް ކެނިއުލާ ޑިވައިސް އަދި 200 ޑިސްޕޯސަބަލް ހައިފްލޯ ނޭޒަލް ކެނިލާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!