މުވައްޒަފުންގެ މުސާރަތައް ޝާއިރުކުރަން އިދާރާތަކަށް އަންގައިފި

ދައުލަތުގެ އިދާރާތަކުގެ މުސާރައާ އިނާޔަތްތައް އެންމެނަށް އެނގޭނެ ހެން އެ އިދާރާއެއްގެ ވެބްސައިޓްގައި ޝާއިއު ކުރަން އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ފ) ގައި ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް އެ އިދާރާއެއްގެ އެންމެހާ މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރަ އާއި ޢިނާޔަތް، އަހަރަކު އެއް ފަހަރު ނުވަތަ އެ އިދާރާއަކުން ކަނޑައަޅާ އެއަށް ވުރެ އަވަސް މުއްދަތެއްގައި އަމިއްލަ އިސްނެންގެވުމުގެ މަތިން ޝާއިޢުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ފަހަކަށް އައިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހޯއްދެވުމަށް ބައެއް އިދާރާތަކަށް ހުށަހަޅުއްވަމުން އަންނަކަން ފާހަގަ ކުރެވޭ ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

އަދި އެ ފަދަ މައުލޫމާތަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ހާމަކުރަންޖެހޭ މައުލޫމާތަކަށް ވާތީ، ދައުލަތުގެ ކޮންމެ އިދާރާއަކުން ވެސް، މުވައްޒަފުންގެ މުސާރަ އާއި ޢިނާޔަތްތައް ވަކިވަކިން އެނގޭނެ ގޮތަށް އެ އިދާރާއެއްގެ ރަސްމީ ވެބްސައިޓުގައި ޝާއިޢު ކުރުމަށް އެ ސާކިއުލާގައި ވަނީ އަންގާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!