ބ. ކުޑަރިކިލުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސަލް ދަނޑުގެ މަސައްކަތްނިންމާލައިފިއެވެ.
މި ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވަމުން މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވީ ދަނޑުގެ މަސައްކަތްތައް ނިންމާލާފައިވަނީ ކުޑަރިކިލު ޒުވާނުންއެދުނު ގޮތަށް ކަމަށެވެ. ހަމައެހެންމެ މި ދަނޑަކީ ދެ ޖިންސްގެ ޒުވާނުން ވެސް ބޭނުންކުރާނެ ތަނެއް ކަމަށް އުއްމީދު ކުރައްވާ ކަމަށާއި މި ދަނޑުގެ މަސައްކަތްނިންމާލުމަށް ކުޑަރިކިލު ކައުންސިލާއި ޒުވާނުން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.
މި ދަނޑަކީ ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓް ހަރުކުރެވިފައިވާ ދަނޑެކެވެ. މި ދަނޑުގެ މަސައްކަތްނިންމާލާފައިވަނީ ގާތްގަނޑަކަށް 1.23 މިލިއަން ރުފިޔާއަށެވެ.