ފިޔަވަތީގައި އުޅޭ ކުދިންނަށް ހޭލުންތެރި ކުރުމުުގެ ހާއްސަ ޕްްރޮގްރާމެއް

އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހޭލުންތެރި ކުރުމުުގެ ހާއްސަ ޕްްރޮގްރާމެއް ބާއްވަން ނިންމައިފި އެވެ.

“އަހަރެމެން” ނަމުގައި ހިންގާ މި ޕްރޮގްރާމްގެ މަގްސަދަކީ އެ ކުދިންނަކީ ވެސް ލޯތްބާއި އަޅާލުން ލިބޭ ކުދިންތަކެއްކަމުގެ އިޙުސާސްތައް އުފައްދައި ޒިންމާދާރު، އުފެއްދުންތެރި މުސްތަގުބަލެއް އޮތް ކުދިބަޔެއްކަމުގެ އުންމީދާއި ހިތްވަރު އެކުދީންގެ ހިތްތަކުގައި އުފައްދައިދިނުން ކަމަށް އިސްލާމިކް ޔުނިވާސިޓީން ބުންޏެވެ.

ފިޔަވަތީގައި އުޅޭ އުމުރުން 10 އަހަރާއި 18 އަހަރާއި ދެމެދުގެ ދެ ޖިންސުގެ ކުދިންނަށް އަމާޒުކުރެވިގެން ގެންދާ ޕްރޮގްރާމް ޒޫމް މެދުވެރިކޮށް ކޮންމެ ހޮނިހިރު ދުވަހެއްގެ 10:00 އިން ކުރިއަަށްގެންދާނެ ކަމަށް ޔުނިވާސިޓީން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!