ބ. އޭދަފުށީ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.
އޭޕްރިލް 1، 2019 ގައި އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ ދަށުން އޭދަފުށީ ބޮޑެތި މަގުތަކުގައި ތާރު އަޅައި، 3.3 ކިލޯ މީޓަރުގެ މަގު ރަނގަޅު ފެންވަރަށް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ދުވާރުތަކުގެ ޑިޒައިންތައް ބަލާ ސާވޭކޮށް، އަޅާފައިވާ ދުވާރުތަކަށް ބަލާ މަގުތަކުގައި ތާރު އަޅައި، އެ މަގުތައް ޑިޒައިން ކުރުމުގެ މަަސައްކަތާއި ސްޓޯމްވޯޓާ ސްޓޭޝަންތައް ހަރުކުރުމާއި ގްރެވިޓީ ޕައިޕް ނެޓްވޯކް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މި މަޝްރޫއަށް 38.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް އެމްޓީސީސީން ބުނެއެވެ.