މީރާއަށް ލާން ފޮނުވި ނަންތަކަށް ހިޔާލު ހޯދަނީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކަށް އާންމުންގެ ޚިޔާލު ހޯދަން ބޭނުންވާތީ އެ ފުރުސަތު ހުޅުވާލައިފި އެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށާއި، އަދި އެ ބޯޑުގެ ތިން މެންބަރުންގެ މެންބަރުކަމުގެ މުއްދަތު، މި އޯގަސްޓް މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ. އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރަން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ އެއް ގޮތަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސާކޮށް ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން އިގްތިސޯދީ ކޮމިޓީއަށް ފޮނުއްވައި އެކަން އިއުލާން ކޮށްފައި ވެއެވެ.

މަޖިލީހަށް ފޮނުވާފައިވާ ނަންތައް

  • މުމްތާޒް ޢަބްދުއްރަޝީދު، މުރިނގު / ހދ.ހަނިމާދޫ
  • ލީނާ މުޙައްމަދު ޒާހިރު ޙުސައިން، ހ.ނީލްވިލާ
  • ހުޝާމް ވަޙީދު، ގ. މާލެހިޔާ 2 03-15
  • ޢަލީ އިރުފާނު، ޑޭލައިޓްވިލާ / ސ. މަރަދޫފޭދޫ
  • އިސްމާޢީލް ސާޖިދު، މއ.ވިލާރޮދި
  • ޢާއިޝަތު ޢަޝާ ޢަލީ، ހ.އީސޓްވާރޑް
  • ދަހާ ޝުޢައިބު، ހ.ކެރީބިއަން
  • އިދުރީސް އިސްމާޢީލް، އަނީސާމަންޒިލް / މ. ދިއްގަރު

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!