65 ގޮނޑި ދިނީ އިދިކޮޅު ޕާޓީ ހެދިގެން ރައީސް ޞޯލިހަށް ޖެއްސުން ކުރާކަށް ނޫން: ރޮޒައިނާ

  • 65 ގޮނޑި ދިނީ އިދިކޮޅު ޕާޓީ ހެދިގެން ރައީސް ޞޯލިހަށް ޖެއްސުން ކުރާކަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ ސަރުކާރު ހަލާކުވާ ގޮތަށް އެމްޑީޕީގެ ދެތިން މެމްބަރަކު މަސައްކަތް ކުރާކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރ މަހުލޫފް ވިދާޅުވި ހަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުން އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް ނިސްބަތްވާ ޕާޓީއަށް މަޖިލީހުން 65 ގޮނޑި ދިނީ، އުނދަގުލަކާ ނުލައި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރެއްގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިއްޔެވަނީ އަޑުތައް ފެތުރިފައެވެ. އެގޮތުން މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ގަރާރުގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުކަން ކަށަވަރު ވެފައިވާކަމަށް ބައެއް ނޫސް ތަކުގައި އިއްޔެ ވަނީ ރިޕޯޓު ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!