ދަނޑުވެރި ނަފާ ލޯނު 17 ފަރާތަކަށް

އެސްއެމްއީ ބޭންކުން ދޫކުރާ “ދަނޑުވެރި ނަފާ” ލޯނުގެ ދަށުން 17 ފަރާތަކަށް 4.7 މިލިއަން ރުފިޔާ ހަމަޖެހިފައިވާކަމަށް އެ ބޭންކުން ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކުގެ ދަށުން އެކި ދާއިރާތަކުން ލޯނަކަށް އެދުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލިއިރު މީގެ ތެރޭގައި ހިމެނޭ 1 ދާއިރާއަކީ ދަނޑުވެރިކަން ކުރިއެރުވުމަށް ހުޅުވާލި ދަނޑުވެރި ނަފާ ލޯނެވެ. މިއީ ދަނޑުވެރިކަމުގެ އިޤްތިޞާދު ފުޅާކޮށް މަސައްކަތްތަކަށް އިންވެސްޓުކުރެވޭނެ މަގުތައް ދަނޑުވެރިންނަށް ފަހިކޮށްދިނުމުގެ މަޤްސަދުގައި ތަޢާރަފްކޮށްފައިވާ ސްކީމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެސްއެމްއީ ބޭންކުން ވިދާޅުވީ ދަނޑުވެރި ނަފާ ލޯނުގެ ދަށުން މިހާތަނަށް 17 ފަރާތަކަށް ލޯނު ހަމަޖެހިފައިވާކަމަށެވެ. މިއީ ޖުމްލަ 4.7 މިލިއަން ރުފިޔާގެ ލޯނުކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ދަނޑުވެރި ނަފާ ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމުގައި އިސްކަން ދޭނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫޢުތައް ހިންގުމަށެވެ. އެގޮތުން އަރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވަރޓިކަލް ގަރޑެނިންގ، ޕޯލްޓްރީގެ އިތުރުން ކުދި ޖަނަވާރު ގެންގުޅުން އަދި ގަސް އުފައްދާ ނާސަރީތައް ޤާއިމްކުރުން ފަދަ ކަންތައްތަކަށް ލޯން ދޫކުރެވޭނެކަމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

6 އިންސައްތަ އިންޓްރެސްޓާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން އެންމެ މަދުވެގެން ނެގޭނީ 75 ހާސް ރުފިޔާއެވެ. އަދި އެންމެ ބޮޑު އަދަދަކަށް ނޭގޭނީ 2 މިލިއަން ރުފިޔާއެވެ. މީގެ ތެރެއިން އަމިއްލަ ފަރުދުންނަށް 75 ހާސް ރުފިޔާއާއި 500 ހާސް ރުފިޔާއާއި ދެމެދުގެ ފައިސާގެ އަދަދެއް ލޯނުގެ ގޮތުގައި ނެގޭއިރު ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނި އަދި ކޯޕަރޭޓިވްސްތަކަށް 75 ހާސް ރުފިޔާއާއި ދެ މިލިއަން ރުފިޔާގެ ދެމެދުގެ ލޯނު ނެގޭނެގޭނެއެވެ. އަދި ރަހުނު ނުދައްކާ ލޯނު ނެގޭނެ އެންމެ މަތީ އަދަދަކީ 75 ހާސް ރުފިޔާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!