ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެނަމަ ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު

ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެނަމަ ފެސިލިޓީއަށް ދިޔުމުގެ ކުރިން ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު އެޗްޕީއޭއިން އާންމުކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމާށެވެ. އަދި ކޯވިޑް-19ގެ އެއްވެސް
ޢަލާމާތެއް ފެނުމުން އަދި ޕޮޒިޓިވްކަން އެނގުމުން ވީހާ އަވަހަކަށް އެމީހަކު އެކަހެރިކުރުމަށް އިސްކަންދޭންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނާއި ތަފާތު ބޮޑެތި ބަލިތަކުގެ މީހުންނަށް ބަލިޖެހި ނުރައްކާވުން ކުޑަކުރުމަށްޓަކައި ބޮޑު އިސްކަމެއްދޭންޖެހޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ޕޮޒިޓީވްވާ މީހުންގެ ތެރެއިން ފެސިލިޓީއަށް ގެންދިއުމަށް އިސްކަންދޭނެ މީހުން ކަމށް އެޗްޕީއޭއިން ކަނޑައަޅާފައިވަނީ: 

60 އަހަރުން މަތީގެ މީހުން ނާއި ހަކުރު ބަލި، ހިތުގެ ބަލި، ކިޑްނީ ބަލި، ފަދަ ކޯވިޑް-19 ޖެހުމުން ނުރައްކާވެދާނެ ފަދަ ބަލިތަކަށް ބޭސްފަރުވާ ކުރަމުންދާ މީހުންނާއި އެފަދަ މީހުންނާއި އެކު އެކުގައި ދިރިއުޅޭ މީހުންނެވެ.

ކޯވިޑް -19އަށް ފައްސިވިކަން އެނގުމުން ވީހާ އަވަހަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ތިމާގެ ފަރާތުން އެހެން މީހުންނަށް މިބަލި ފެތުރުން ހުއްޓުވުމަށް ކޮންމެހެން މުހިއްމުކަމެއް ކަމަށާ މުޖުތަމަޢުގައި މިބަލި ފެތުރޭ މިންވަރުވެސް ކުޑަކޮށްދޭ ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ

ބައްޔާސް ޕޮޒިޓިވްވާ މީހުން އަމަލު ކުރަން އެޗްޕީއޭއިން ކަނޑައަޅަފައިވާ ގޮތަކީ، ގެއިން ބޭރުގައި ހުއްޓާ ޕޮޒިޓިވް ވި ކަން އެނގުމުން މާސްކު އަޅައިގެން ގެއަށް ދިއުމާއި ދުއްވާ އެއްޗެއްގައި އެހެން މީހަކާއި އެކު ދިއުމުގެ ބަދަލުގައި ހިނގާފައި ދިއުމެވެ. އަދި ގެގައި ވަކި ކޮޓަރިއެއްގައި އެކަހެރިވުމެވެ.

ގޭގައި ހުއްޓާ ޕޮޒިޓިވްވިކަން އެނގިއްޖެނަމަ ގޭގައި ވަކި ކޮޓަރިއެއް ހުރިނަމަ އެތަނެއްގައި އެކަހެރިވުމާއި އަދި ވަކިކޮޓަރިއެއް ނެތްނަމަ މާސްކުއަޅައި އެހެންމީހުންނާ އެކަހެރިވުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ގޭގައި ދިރިއުޅޭ އެހެން މީހުންވެސް މާސްކް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަަން ޖެހޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!