ސްޓެލްކޯ އިން ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށް ދީފި

ސްޓެލްކޯގެ “ގްރީން ލައިފް އިނިޝިއޭޓިވް” ގެ ދަށުން ވިއްކި ފުރަތަމަ ސޯލާ ޕެނަލް ހަރުކޮށް ދީފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިދިޔަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ޕެނަލް ހަރު ކުރަން ޕެކޭޖުތަކެއް ވެސް ތައާރަފު ކޮށްފައިވެ އެވެ. މި ޕެކޭޖުގެގައި ޑައުންޕޭމަންޓަށް ދައްކަން ޖެހެނީ 5،000ރ. އެވެ.

ސަރުކާރުގެ ކަރަންޓު ކުންފުނިން “ގްރީން އެނާޖީ” ވިޔަފާރީގެ ތެރެއަށް ނުކުންނަން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ހަރުކޮށްދޭ މި ސޯލާ ޕެނަލްތައް އެތެރެކޮށް ވިއްކަނީ ވެސް އެ ކުންފުނިންނެވެ. އިންސްޓޯލްމަންޓް ޕެކޭޖެއްގެ ދަށުން ވިއްކާ މި ސޯލާ ޕެނަލްތައް ހަރުކުރަން ހުއްދަ ހޯދައި ފައިސާ ދެއްކުމުން ހުރިހާ ކަމެއް ސްޓެލްކޯ އިން ކޮށްދެ އެވެ. މަސައްކަތް ފަށާތާ ގާތްގަނޑަކަށް 45 ދުވަހުގެ ތެރޭގައި ހަރުކޮށް ނިންމައި ދެއެވެ.

މުޅި ޕެނަލްގެ އަގަކީ ގާތްގަނޑަކަށް 25،000ރ. އެވެ. މިއީ 1.2 ކިލޯވޮޓްގެ ސޯލާ ޕެނަލް ތަކެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!