ޓްރެއިން އެއް ކައްސާލައިގެން ޑްރައިވަރާއި އިތުރު ބަޔަކު މަރުވެއްޖެ

ސްކޮޓްލޭންޑްގައި ގަދަ ވިއްސާރައިގެ ސަބަބުން ޓްރެއިންނެއް ކައްސާލައިގެން 3 މީހަކު މަރުވެއްޖެއެވެ. މަރުވި 3 މީހުންގެ އިތުރުން، 6 މީހަކު ވަނީ ތަފާތު އެކި ހާނިކަ ވެގެން ހޮސްޕަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.

މި ހާދިސާ ހިނގާފައިވަނީ ބޯ ވާރޭގެ ސަބަބުން ފަސްގަނޑު ކަހާލައިގެން ގޮސް ޓްރެއިންގެ ރެއިލް އަށް ގެއްލުން ލިބިގެންނެވެ. ކަމާ ބެހޭ ފަރާތްތަކުން ދަނީ އިތުރަށް މިހާދިސާ ތަހުގީގް ކުރަމުންނެވެ.

މި ޓްރެއިން އަކީ 12 ބައި އޭގައި ހިމެނޭ ޓްރެއިންނެކެވެ. އަދި މި އެކްސިޑެންޓް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައި ވަނީ މި ހާދިސާ ހިނގިތާ 3 ގަޑިއިރު ފަހުންނެވެ.

ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯތަކުން ދައްކާ ގޮތުގައި އެ ސަރަހައްދަށް ގިނަ އަދަދެއްގެ އެމްބިއުލާންސާއި، ފުލުހުންގެ ވެހިކަލްތައް އެހީތެރިވުމަށް ގޮސްފައިވެއެވެ. އަދި އެކްސިޑެންޓް ހިނގި ޓްރެއިން އާއި ދިމާލުން ބޯކޮަށް ދުންތައް އަރަމުން ދާތައް މީޑިޔާއާއި ހިއްސާ ކޮށްފައިވާ ފޮޓޯތަކުން ފެނެއެވެ.

މި ހާދިސާގައި ލިބިފައިވާ ގެއްލުމުގެ މިންވަރު އަދި އެއްކޮށް ދަނެގަންނަށް ވަގުތު ބޭނުންވާކަމަށް ނެޓްވޯކް ރެއިލް ސްކޮޓްލޭންޑް އިން ހާމަ ކުރެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!