ޓިމް ކުކްގެ މިލްކިއްޔާތުގައި ވެސް 100 ބިލިއަން ޑޮލަރު

އެޕަލް ކުންފުނީގެ ސީއީއޯ ޓިމް ކުކްގެ މިލްކިއްޔާތު 100 ބިލިއަނަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިވަގުތު 100 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް ލިބިފައިވަނީ އެންމެ ތިން މަހުޖަނުންނަށެވެ. އެއީ އެމެޒޯންގެ ވެރިިޔާ ޖެފް ބެޒޯސް (189.8 ބިލިއަން ޑޮލަރު) އާއި މައިކްރޮސޮފްޓް ކުންފުނީގެ ކުރީގެ ޗެއާމަން ބިލް ގޭޓްސް (113.6 ބިލިއަން ޑޮލަރު) ގެ އިތުރުން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް (100 ބިލިއަން ޑޮލަރު) އެވެ. މީގެ ތެރެއިން ޒަކަބާކްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރިކަން ބްލޫމްބާގުން އިއުލާންކޮށްފައި ވަނީ މިދިޔަ ހަފުތާގައައި ކަން ފާހަގަކޮށްލެވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓިމް ކުކްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރަށް އެރީ މި އަހަރު އާމްދަނީގެ ގޮތުގައި ލިބުނު 125 މިލިއަން ޑޮލަރާ އެކީގައެވެ.

އެޕަލްގެ ސީއީއޯގެ މަގާމާ ކުކް، 59، ހަވާލުވީ މީގެ ނުވަ އަހަރު ކުރިން ސްޓީވް ޖޮބްސް މަރުވުމާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!