ސާރާއަށް އުފަންދުވަހުގެ ތަހުނިޔާ ކަރީނާ ފޮނުވިގޮތް ވަރަށް ސަޅިދޯ!

ސައިފް އަލީ ޙާންގެ ދަރިފުޅު ސާރާގެ އުފަން ދުވަހުގެ ތަޙުނިޔާ ފޮނުވުމަށް އިންސްޓަގުރާމުގައި ކަރީނާ  ޕޯސްޓު ކޮއްފައިވަނީ ސައިފް އާއި އެކު ސާރާ ކުޑައިރު ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯއާއި އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔާފައިވާއިރު ބައިވަރު ޕިއްޒާ ކެއުމަށްވެސް ބުނެފައިވެއެވެ. އެހެން ލިޔެފައި އެވަނީ ސާރާއަކީ ޕިއްޒާއަށް ލޯބިކުރާ ކުއްޖަކަށްވާތީކަމަށް ބެލެވެއެވެ.

ސާރާ އަލީ ޙާން އަކީ ކަރީނާގެ ދޮން ދަރިއަކަށް ވީ ނަމަވެސް ކަރީނާ އަބަދުވެސް ބުނާގޮތުގައި ކަރީނާ ދެކެނީ ސާރާއަކީ އޭނާގެ އެކުވެރިއެއްގެ ގޮތުގައެވެ.

މިވަގުތު އާއިލާއާއިއެކު ޗުއްޓީ ހޭދަކުރަމުންދާ ސާރާދަނީ އޭނާގެ އުފަންދުވަހުގެ އުފާތަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުންނެވެ. އަދި  ފެތުމާއި ބައިސްކަލުދުއްވުމާއި މަގުމަތީގައި އޭނާގެ ބޭބެ އިބްރާހިމް އަލީ ޙާންއާއިއެކު ހެދަކުރާ ވަގުތުތަކުގެ މަންޒަރުތަށްވެސް އަންނަނީ ފޭނުންނާ އިންސްޓަގުރާމް މެދުވެރިކޮށް ހިއްސާކޮށް ކުރަމުންނެވެ.

މިއަހަރުގެ އޮކްޓޯބަރު ގައި ސާރާގެ ދެންއޮތް ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު އޭނާވަނީ ލަވް އާޖު ކަލް އަދި ކެނާދަތުފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!