މަޝްހޫރު އެކްޓަރ ރިތިކް ރޯޝަން ވަނީ މީގެ ދުވަސްތަކެއްކުރިން އަނބިމީހާ ވަރިކޮއްފައެވެ. އެހެން ނަމަވެސް މި ދެމީހުންގެ ގުޅުން ބަދަހިކަން ދަނީ ސޯޝަލް މީޑިއާއިން ވަރަށް ރަގަނޅަށް ފެންނަމުނެނެވެ.
ފާއިތުވި ލޮކްޑައުންގެ ތެރޭގައި ދަރިންނަށްޓަކައި ރިތިކްއާއި އެކު ދިރިއުޅުމަށް އައީތީ ސުޒޭންއަށް ޝުކުރު އަދާކޮށް ވަނީ ސުކުރުގެ މެސެޖެއްވެސް ހިއްސާކޮއްފައެވެ.
މިދިޔަ އަންގާރަދުވަހު ސުޒޭން އިންސްޓަގުރާމްގައި ހިއްސާ ކޮއްފައިވާ އޭނާގެ ކުޑައިރުގެ ފޮޓޯއަކަށް ރިތިކް ވަނީ ” ޓޫ ސުވީޓް” މިގޮތަށް ކޮމެންޓް ކޮއްފައެވެ. ގިނަ ބަޔަކު ރިއެކްޓް ކޮއްފައިވާ ހުދާ ކަޅުން އިން އެފޮޓޯއަކީ ސުޒޭން އޭނާގެ އާއިލާއާއި އެކު ހޭދަކޮއްފައިވާ އުފާވެރި ދުވަސްތަކުން މަންޒަރެކެވެ. ފޮޓޯގައި ބައްޕަ އާއި އެންމެ ކައިރިން ސުޒޭން ފެންނަން ހުރިއިރު ދެން ތިބީ އޭނާއާއި އެއްބަޑު އެއްބަފާ ކުދިންނެވެ.
2019 ވަނަ އަހަރު ވޯރ އަދި ސުޕާރ 30 ފަދަ މަޝްހޫރު ފިލްމުތަކަކަށްފަހު މިހާރު ރިތިކް ތައްޔާޜު ވަމުންދަނީ ކްރިޝް 4ގެ މަސައްކަތް ފެށުމަށްކަމަށް ރިޕޯރޓްތަށް ބުނެއެވެ.