2020 ގައި ދަރިއަކު ހޯދަން ކަރީނާ އޮތީ މާ ކުރިންވެސް ނިންމައިފަ!

ބޮލީވުޑް ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަންހެނުން ކަރީނާ ކަޕޫރް ޚާނަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަމަށްބުނެ މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތައް ދެތަރިން މިއަދު ޔަޤީންކޮށްދީފައި ވާއިރު، އެމީހުންގެ ފޭނުން ތިބީ ލިބުނު އުފާވެރި ޙަބަރުން ވަރަށް ހިތްހަމަޖެހިފައެވެ. އަދި އެ އާއިލާއަށް މަރުހަބާ ކިޔައި، އެތައް ފޭނުންނެއް އަންނަނީ މީސްމީޑިއާ މެދުވެރިކޮށް އެ އުފަލުގައި ބައިވެރިވަމުންނެވެ. އެއާއެކު، ދެވަނަ ކުއްޖަކު ހޯދުމާ ބެހޭގޮތުން މީގެ ކުރިން ކަރީނާ ދައްކާފައިވާ ވާހަކައެއް މިހާރު ވަނީ ފެންމަތިވެފައެވެ.

މީގެ ދެ އަހަރު ކުރިން، 2018 ގައި ކަރީނާ ދިން އިންޓަވިއުއެއްގައި އޭނާއާ ކުރެވުނު ސުވާލަކީ، ތައިމޫރު އަލީ ޚާނަށް ފަހު ދެވަނަ ކުއްޖަކު ހޯދާނީ ކޮން އިރަކުންތޯއެވެ. އެއަށް ކަރީނާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. “ދެ އަހަރު ފަހުން”، ކަމަށްބުނެ ކަރީނާ ދިން ޖަވާބަކީ ހަމަ ޙަޤީޤަތުގައި ވެސް ތެދެއް ކަން މިއަދު މިވަނީ ހާމަވެފައެވެ.

ކަރީނާ، 39، އާއި ސައިފް، 49، 2012 ގައި ކައިވެނިކޮށް، ފުރަތަމަ ދަރިއަކު ލިބުނީ 2016 ގައެވެ. އެއީ މިހާރު އުމުރުން 3 އަހަރުވެފައިވާ ތައިމޫރް އަލީ ޚާން ޕަތައުޑީ އެވެ. ތައިމޫރަކީ ބޮލީވުޑްގެ އެންމެ މަޤްބޫލު އެއް “ސްޓާ ކިޑެވެ”.

View this post on Instagram

❤️❤️❤️

A post shared by Kareena Kapoor Khan (@therealkareenakapoor) on

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!