އެޗް 78 ގްރޫޕްގެ ފަރާތުން ބޯޓިން އެސޯސިއޭޝަން އަށް މާސްކު ހަދިޔާ ކޮށްފި

އެޗް 78 ގްރޫޕްގެ ފަރާތުން 5000 މާސްކް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަންއަށް އަށް ހަދިޔާކޮށްފިއެވެ.

އެޗް 78 ގްރޫޕްގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ އެކުންފުނީގެ ސީ.އީއޯ، އަފާފް އަބްދުލް މަޖީދުއެވެ. އަދި ނެޝަނަލް ބޯޓިންގް އެސޯސޮއޭޝަންގެ ފަރާތުން މިތަކެއްޗާއި ހަވާލުވެ ލެއްވީ އެޖަމިއްޔާގެ ރައީސް، އަހުމަދު އަފްރާހުއެވެ.

މިއަދު ހަދިޔާކުރި މިތަކެއްޗާއި ހަވާލުވުމައްފަހު ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަފްރާހް ވިދާޅުވީ، މީ އަމިއްލަ ފަރާތަކުން ކޯވިޑް ތެރޭ އިންޑަސްޓްރީއަށް ކޮއްދެއްވި ވަރައްވެސް ބޭނުންތެރި އެހާމެ މުހިއްމު މަސައްކަތެއްކަމަށެވެ. އެހެންކަމުން އެންބީއެމްގެ މެމްބަރުންގެ ނަމުގައި އެޗް 78 ގްރޫޕަށް ޝުކުރުއަދާކުރާކަމަށެވެ.

މިހަފްތާގައި އެން.ބީ.އޭ.އެމް އިން ވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، އެޗް.ޑީ.ސީ، އެޗް.ޕީ.އޭ އަދި ޕޮލިސް ގެ އެހީތެރިކަމާއިއެކު ސަފާރީ ބޯޓްތަކުންފުރާ ފަތުރުވެރިންނައް ޓެސްޓިންގ ހަޓެއް ޤާއިމުކޮއްފައެވެ.

ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުމަށްޓަކައި ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓެސްޓިންގ ބޫތު ޤާއިމުކޮށްފައި ވަނީ ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!