ހުޅުމާލެ މެޑިކަލް ފެސިލިޓީ

ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދިން މީހާ ރަނގަޅުވެއްޖެ

ށ.ފުނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދިން މީހާ، ބަލިން ރަނގަޅުވެ ދޫކޮށްލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދޭ ސެންޓަރުގައި ފަރުވާދެމުންދިޔަ އުމުރުން ދުވަސްވީ މީހާ ބަލިން ރަނގަޅުވެ އެ ފެސިލިޓީން ދޫކޮށްލާފައިވާކަމަށެވެ. އެހެންކަމުން މިއަދު ދޫކޮށްލި އެމީހާވެފައި ވަނީ މާލެ ފިޔަވައި އެހެން ސަރަހައްދެއްގައި އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާދިނުމަށްފަހު ބަލިން ރަނގަޅުވި ފުރަތަމަ މީހާއަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފެސިލިޓީއެއްގައި ފަރުވާދިނުމަށްފަހު މީހަކު ރަނގަޅުވުމަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކުރި ފެސިލިޓީތަކުގައި މިބަޔަށް ފަރުވާދެވޭނެ ފެންވަރު ހުރިކަން ހާމަވާ ކަމެއްކަމަށެވެ.

އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ހުރިހާ ކޯވިޑް ފެސިލިޓީއެއްގެ މަސައްކަތް ނިންމައި ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އަތޮޅުތަކުގެ 7 ސަރަޙައްދެއްގައި ޤާއިމްކުރި ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި ތައްޔާތުކުރި ފެސިލިޓީ ޚާއްސަކޮށްފައިވަނީ ހއ، ހދ އަދި ށ. އަތޮޅު ހިމެނޭ ސަރަހައްދަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!