ދާންދޫ ކައިރިން ދަތުރުކުރި ބޯޓެއް ގިރިއަކަށް އަރައިފި

ގއ. ދާންދޫ ކައިރިން ދަތުރުކުރި ބޯޓެއް ގިރިއަކަށް އަރައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމަކަށް އެނގިފައެއް ނުވެއެވެ.

މިކަމުގެ ރިޕޯޓް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްގާޑް ސްކޮޑްރަންއަށް ލިބިފައިވަނީ މިރޭ 18:33އެވެ. މި ރިޕޯޓް ލިބުމާއެކު ސްކޮޑްރަންގެ ސިފައިން މިހާރު ދަނީ ބޯޓު ތިލަކުރުމަށް މަސައްކަތް ކުރަމުންނެވެ.

“ޕްރޮގްރެސް” ނަމަކަށް ކިޔާ މި ބޯޓުގައި 9 މީހުން ދަތުރުކުރިކަމަށް ސިފައިން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!