މިއަދު ކޮވިޑުން ރަނގަޅުވީ 35 މީހުން

މިއަދު ކޮވިޑުން ރަނގަޅުވީ 35 މީހުންނެވެ. ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދަކީ 2884 އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅުނުވެ ތިބީ 2461 މީހުންނެވެ. ކޮވިޑްގައި 21 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި އެންމެ ފަހުން މީހަކު މަރުވީ މިއަދުއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި ގެނައި ދިގު ލޮކްޑައުންއަށް ފަހު ހާލަތު އިތުރަށް ގޯސްވެފައިވާތީ ކުރިން އަޅާފައިވާ ބައެއް ފިޔަވަޅުތަކާއި އާ ބައެއް ފިޔަވަޅުތައް އަޅައި ރައްކާތެރިކަން އިތުރަށް ވަރުގަދަ ކޮށްފައި ވެއެވެ.

މިހާރު ވަނީ ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށް އަދި ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން މަނާކޮށްފަ އެވެ. އަދި ރަށްރަށަށް ދިއުމުގައި ދިން ލުއިތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!