މި ނާޒުކު ދަނޑިވަޅު އިކޮނޮމިކް މިނިސްޓަރުގެ މަގާމުން ފައްޔާޒު އިސްމާއީލް ދުރު ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަންއިން ބުނެފިއެވެ.
ޓްރޭޑު ޔޫނިއަން އިން މިފަދައިން ބުނެފައި މިވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރުގެ ގޮތުގައި ބެލެވިފައިވާ އިކޮނޮމިކް މިނިސްޓަރުު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ސޮއި ހޯދުމަށް މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ އިގްތިސާދު މި ދަނޑިވަޅުގައި ހުރީ ރަނގަޅު މިސްރާބަށް ކަމަށް އެ ޔޫނިއަން އިން ގަބޫލްކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.