ފޮޓޯ؛ ޕީއެސްއެމް

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކޮށްފި

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް ސ.ހުޅުދޫ ކަޅުމަގިގޭ އަބްދުﷲ ރަޝީދު ހަމަޖައްސަވައިފިއެވެ.

އަބްދުﷲ ރަޝީދު ތަޢުލީމް ޙާސިލްކުރައްވާފައިވަނީ ޔުނިވަރސިޓީ އޮފް ޑެލީއިން، ބެޗެލަރސް އޮފް ކޮމަރސް ދާއިރާއިންނެވެ.

އޭނާ ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އަދި އެލައިޑް އިންޝުއަރެންސްގެ އެކި މަޤާމުތަށް އަދާކުރައްވާފައެވެ. އަދި ބައެއް ޕްރޮޖެކްޓްތަކަށް ޕްރޮޖެކްޓް ކޮންސަލްޓަންސީވަނީ ހަދައިދީފައެވެ. މީގެއިތުރަށް އަބްދުﷲ ރަޝީދު ވަނީ ބައެއް އަމިއްލަ ކުންފުނިތަކުގައި މެނޭޖިންގ ޑިރެކްޓަރާއި، އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.

ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑަށް އަބްދުﷲ ރަޝީދު އައްޔަންކުރައްވާފައި ވަނީ، ކުރީގެ ބޯޑު މެންބަރު މަރިޔަމް ވަހީދާ ބްރޮޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރެއްވުމާއި ގުޅިގެން އެ މަޤާމު ހުސްވެފައިވާތީއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!