އެސެޓް ރިކަވަރީ ކޮމިޝަން އުވާލާކަން އެނގިފައެއް ނެތް: ހޫދު

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަން އުވާލުމުގެ ވިސްނުމެއް އޮތްކަން އެނގިފައިނުވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާއިރު، އެކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެ ކޮމިޝަން އުވާލުމުގެ ވިސްނުމެއް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާކަމެއް އަދި އެފަދަ ވިސްނުންފުޅެއް އޮތް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އޭގެ އިތުރުން، ކޮމިޝަން އުވާލަން ނިންމި ކަމެއް އެނގިވަޑައިގެންފައި ނެތް ކަމަށާއި، ކޮމިޝަނުގެ މަސައްކަތްތައް މިވަގުތުވެސް ކުރިއަށްދާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދުވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ”ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ” ކޮމިޝަނުން ބަލަމުންދަނީ 2012 ވަނަ އަަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ތެރޭގައި ހިނގާފައިވާ ޚިޔާނަތުގެ މައްސަލަތަކާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަތަކެެވެ.

އޭގެ ތެރޭގައި ރަށްތަކާއި ފަޅުތައް ވިއްކައިގެން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތައްވެސް ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!