އޮސްޓްރޭލިއާ އިން ރާއްޖޭގެ އަންހެނުންނަށް ހާއްސަ ކޮށްގެން 4.5 މިލިއަން ރުފިޔާގެ އެހީ އެއް ދީފި އެވެ.
އދ. ގެ ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑު މޯލްޑިވްސް މެދުވެރިކޮށް ރާއްޖެ އަސް ދެވުނު މި އެހީ ހަވާލު ކޮށްދީފައި ވަނީ އޮސްޓްރޭލިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑޭވިޑް ހޮލީއެވެ. އަދި ރާއްޖޭގެއަށް ޔޫއެންއެފްޕީއޭ އިން ކަނޑައަޅާފައި ހުންނަވާ ސަފީރު ރިޓްސޫ ނަކެންއެވެ.
އޮސްޓްރޭލިއާގެ ހައިކޮމިޝަނުން ވަނީ މިއީ ކޮވިޑް-19 ގެ ދުވަސްވަރު ސަބަބުން ރާއްޖޭގެ އަންހެނުންނަށް ދިމާވާނެ ދަތިތަކަށް އެހީވުމުގެ ގޮތުން ދެވޭ އެހީއެއް ކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ހައިކޮމިޝަނަރު ޑޭވިޑް ހޮލީ ވަނީ މި ބަލިމަނޑުކަމުގެ ދުވަސްވަރު ގެވެށި އަނިޔާއާއި ޖިންސީ ގޯނާތައް މުޅި ދުނިޔޭގަައިވެސް އިތުރުވެފައިވާ ކަމަށް ފާހަގަކުރައްވާފައި އެވެ. އެހެން ކަމުން މިފަދަ ހާލަތްތައް ދިމާވެފައިވާ އަންހެނުން ރާއްޖޭގައި ވެސް ތިބި އިރު، އެ ފަރާތްތަކަށް ބޭނުން އެހީ ފޯރުކޮށްދޭން ޖެހޭ ކަމަށް ހައިކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
މި ފައިސާ އިން ގެވެށި އަނިޔާއާއި ދަރިމައިވުމާ ބެހޭ މައުލޫމާތާއި ހިދުމަތްތައް ރާއްޖޭގެ އަންހެނުންނަށް ކަށަވަރުކުރެވޭނެ ކަމަށް ފާހަގަކުރެ އެވެ.
އޮސްޓްރޭލިއާގެ ފަރާތުން މި ލިބުނު އެހީ އިން ގެވެށި އަނިޔާއާއި ދަރިމައިވުމާ ގުޅޭ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައި އެވެ.