ކޮވިޑް-19 ގެ ހާތަލުން އަރައިގަތުމަށް ޒުވާނުން ވަމުން އަންނަ އެހީތެރިކަން ބޮޑު: މަހްލޫފް

ރާއްޖެއަށް ދިވާފައިވާ ކޮވިޑް-19 ގެ ހާތަލުން އަރައިގަތުމަށް އެކި ރޮނގު ރޮނގުން ޒުވާނުން ވަމުން އަންނަ އެހީތެރިކަން ބޮޑު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި މަހްލޫފް ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަރިސް ކުރައްވާ ކަމަށެވެ. ޒުވާނުންގެ ދުވަސް ބައްދަލު ކުރާ އިރު، ކޮވިޑް-19 ގެ ވަބާގެ ސަބަބުން ގައުމަށާއި މުޅި ދުނިޔެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ ޒުވާނުންގެ ދުވަސް މިއަދު އަޅުގަނޑުމެންނާއި ބައްދަލުކުރިއިރު ކޮވިޑް-19 ގެ ސަބަބުން މުޅިގައުމަށްވެސް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ. މިދިޔަ އަހަރުގެ ޒުވާނުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ނ. ވެލިދޫގައި ފާހަގަކުރެވިފައިވާކަން ފާހަގަ ކުރައްވާ މަހުލޫފް ވިދާޅުވީ އެހެންނަމަވެސް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުކަމަށެވެ.

މަހުލޫފް ވިދާޅުވީ މިގޮންޖެހުންތަކުން އަރައިގަތުމަށް ޒުވާނުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދިއުމަށް ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށާއި ސަރުކާރުގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ޒުވާނުންގެ ބައިވެރިވުމާއި އެކީ ކުރިއަށް ދިއުން ކަމަށެވެ.

މަހުލޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޒުވާނުންގެ ބޮޑު ކަންބޮޑުވުންތަކެއްވެސް އެބަ ހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ޒުވާނުންނާއި އެކީ ޒުވާނުންގެ ހިޔާލު ހޯދައިގެން ކުރިއަށްދާން ނިންމާފައިވާ ކަމަށެވެ. 

މަހުލޫފް ވިދާޅުވީ މިހާރުވެސް ސަރުކާރުން ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު އެކިކަހަލަ ކަންކަން ރާވާ ހިންގަމުންދާ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!