ހުޅުމާލެއިން ކަރަންޓު ދިޔަ ސަރަހައްދަށް ކަރަންޓު ލިބޭނީ 3 ގަޑިއިރު ފަހުން

ހުޅުމާލެ ކޮރަލްވިލް ސަރަހައްދަށް ކަރަންޓު ލިބޭނީ ތިން ގަޑި އިރު ފަހުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ކޮރަލްވިލް ސަރަހައްދުން ކަރަންޓުކެނޑުފައި ވަނީ ހުޅުމާލެއަށް ކަރަންޓުދިނުމަށް ބޭނުންކުރާ މައި ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. 

އެކުންފުނިން މިހާރު ދަނީ އަލުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 3 ގަޑި އިރު ހޭދަވާނީ މެއިން ޓްރާންސްފޯމަރުގެ ބައެއް ބަދަލުކޮށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތް ކުރަން ޖެހޭތީ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

އެ ސަރަހައްދުން ކަރަންޓު ގޮސްފައި ވަނީ 1:30 ހާއިރު އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!